އެމްޑީޕީ އަކީ ޖާހިލިއްޔަ ޒަމާނުގެ ގަބީލާއަކަށް ހައްދަވަންތޯ އަދިވެސް ތިޔަ އުޅުއްވަނީ؟
ފުރަތަމަ ފަހަރަށްވެސް ވެރިކަން ލިބުނީ ‘ވަޠަން އެދޭގޮތަށް’ ނަމުގައި ކޯލިޝަނަކުން.
އެކޯލިޟަންގެ އެއްބަސްވުން އުވާލާ މިތުރުން ހަތުރުންނަށް ހަދާ، އެންމެފަހުން އެމްޑީޕީއަށް އެވެރިކަން ގެއްލުނީ 1/13 https://twitter.com/mohamednasheed/status/1276541425111318529">https://twitter.com/mohamedna...
ތިޔަ ވިދާޅުވާ ވާދަވެރިން ޖުމްހޫރީ މައިދާނަށް އެއްވެ، ޖެހި ދުން ބަޑިއެއްގެ އަޑަށް ބިރުން މަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމުން!
ޖެހިހެން އައި ދުވަހު ގަދަ ހިތްވަރާއެކު އެމްޑީޕީ މަގުމައްޗަށް ނުކުތީ ސީދާ އަޅުގަނޑު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުރެ ،2/13
ނެގި އިސްނެގުމާއެކީކަން ޚުދު މަނިކުފާނު ގަބޫލުކުރައްވާނެ!
އަނެއްކާވެސް މަނިކުފާނު ބޭނުންފުޅުވީ އަވަސް އިންތިޚާބެއް ބާއްވަންޖެހޭނެކަމަށް ގޮވާ ، އެނަމުގައި ޕާޓީގެ އުސޫލުތަކާ ޚިލާފަށް 2013 ވަނަ އަހަރުގެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވަން!
އެކަމާ އަޅުގަނޑު ޚިޔާލުތަފާތުވެ، 3/13
ކާމިޔާބު ކުރެވޭނީ މަނިކުފާނު ނޫން ކެންޑިޑޭޓަކު ޕާޓީން ދައްކައިގެންކަމަށް ސީދާ މަނިކުފާނަށް ދެންނެވުމުން، އެކަމާ ހިތްޕުޅާ ނުވެގެން ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފަށް ގައުމީމަޖްލިހުގެ ކުއްލި ބައްދަލުވުމެއް ބާއްވާ، ޕާޓީގެ އިންތިޚާބީ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް 4/13
ފާސްކޮށް ޕާޓީ ހިސޯރުރު ކުރައްވައިގެން އެހެން ފަރާތަކަށް ފުރުސަތުނުދެއްވާ އަމިއްލަފުޅަށް 2013 ގައި ޕާޓީ ޓިކެޓުގައި ވާދަކުރެއްވުމުގެ ސަބަބުން ޕާޓީއަށް އިންތިޚާބު ނާކާމިޔާބުވީ!
އޭރުވެސް ތިޔަ ވިދާޅުވާ ރޫޅިފައިވާ ވާދަވެރިން ތިބީ އެންމެން އެއް އޮޑިއެއްގައިކަން ހަނދުމަނެތީތޯ؟ 5/13
އޭޜު ޕާޓީގައި އަޅުގަނޑު ހުރީ މަގާމުގެ ހައިސިއްޔަތުން މަނިކުފަނަށްވުރެ އިސްކޮށް ކަމަށްވީތީ ، ޕާޓީގެ ކުރިމަގާ ޑިމޮކްރަސީ އަށްޓަކައި ފަހަތަށް ފިޔަވަޅެއް އަޅަންޖެހޭކަމަށް އަޅުގަނޑަށް ފެންނަ ކަމަށާ، @ibusolih އަށް އެފުރުަަަަސަތު 6/13
ފަހިކޮށްދީފިނަމަ އެމްޑީޕީއަށް އަނބުރާ ވެރިކަން ހޯދޭނެކަމަށް. ސީދާ މަަނކުފާނަށް ދެންނެވިން!
ނަމަވެސް މަނިކުފާނު ކޯފާ އިސްކުރައްވާ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ތަބަކަށް ލާ، އެއްވެސް މީހަކަށް ނުދެއްވާނެކަމަށާ ، ހިންނަވަރު ކުދިން ރާއްޖޭގެ ވެރިކަން ނުކުރާނެކަމަށް! 7/13
ދެން އައީ 2018.
މަނިކުފާނު ހުކުމެއްގައި އަޅުވާ އެއްކަލަ ރޫޅިގައިވާ ވާދަވެރިން އެއްވެތިބެ އެޅި ފިޔަވަޅުތަކުން މަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަރު ގެއްލިއްޖެ!
ދެން މަނިކުފާނު ބޭނުންފުޅުވީ 2018 ޕާޓީ ޕްރައިމަރީ ހައިޖްކް ކުރައްވާ ، މަނިކުގާނަށް ކުރިމަތިނުލެވޭނަމަ 8/13
އިންތިޚާބު ބޮއިކޮޓް ކުރައްވަން!
އަޅުގަނޑުވެސް ހިމެނޭގޮތުން ގިނަ ބައެއްގެ މަސައްކަތުން އެންމެފަހުން ގައުމީމަޖްލިހުން @ibusolih ކެންޑިޑޭޓުކަމަށް ނިންމީ!
ތަބަކުގައި ހިންނަވަރު ކުއްޖާއަށް ދެއްވަން މަޖްބޫރު ކުރުވި ސިޔާސީ ހާލަތު ގެނުވީ މަނިކުފާނުގެ ނުރުހުމުގަ! 9/13
މިފަހަރު ވެރިކަން ލިބުނީ އެއްކަލަ ވާދަވެރިންތަކަާ އަތާ އަތްގުޅާ މާފްކޮށް އެކީ އުޅެން ވައުދުވެގެންނެއް ނޫންތޯ؟
ވެރިކަން ލިބުމާ އެކީ ވައުދު އުވާލާ ، ރައީސް @ibusolih ރައްޔިތުންނަށް ވީ ވައުދާ އަހުދު އުވާލުމަށް މަނިކުފާނު ރެއާދުވާލު ތިޔަ މަސައްކަތް ކުރައްވަނީ، 10/13
މަޖްލިހުގައި އިންނަވައިގެން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ ، ހިނހޫތަނުން ބޮޑު ވަޒޯރެއްގެ ނަމުގައި އަމިއްލަފުޅަށް ވެރިކަމުގެ ބާރު ނަންގަވަން!
ރައީސް @ibusolih އެކަމަށް އެއްބާރުލުން ނުދެއްވާ ކަމީ ޕާޓީގެ ނަސީބު!
އެހެން ނޫންނަމަ ދެން އޮންނާނީ ވެރިކަން ވެއްޓުން! 11/13
މިފަހަރުވެސް ވެރިކަމަށް އައީ ގައުމީ އިއްތިހާދުގެ ނަމުގައި ވާދަވެރިންނާއެކީ ހެދި ކޯލިޝަން އަކުންކަން ހަނދުމަނެތުނީތޯ؟ ކަންކަން އޮޅުވާ ނުލައްވާ! މަނިކުފާނާ ވެރިކަން ހަވާލުކުރަންޖެހޭ ސަބަބެއް ނެތް. މަނިކުފާނު އަތްޕުޅުހައި އަލާއުއްދީންގެ ވޮއްގަނޑު އޮތީތޯ؟
ކަންކަން ކުރެވޭނީ 12/13
އަދިވެސް @MDPSecretariat އަށް ކަމަށް ވިދާޅުވާނަމަ ވެރިކަމުގައި ހުންނެވި ރައީސަކީ އެމްޑީޕީގެ ރައީސެއްކަން ހަނދުމަފުޅުގައި ބެހެއްޓެވުން ބުއްދިވެރިވާނެ!
އެމްޑީޕީީ އަކި މަނިކުފާނެއް ނޫން.https://abs.twimg.com/emoji/v2/... draggable="false" alt="🙏" title="Folded hands" aria-label="Emoji: Folded hands"> 13/13
You can follow @AlhanFahmy.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: